ދޭތެރެއަކުން ދާ ރާއްޖޭގެ އުތުރުގެ ރަށެކެވެ. އަޅައިގަތީ އެރަށު މައި މިސްކިތުގެ ނުނިމި ހުރި މުންނާރެވެ. އޭގެ ވާހަކަ ރަށު ދެމީހެއް ގާތު އަހާލީމާ އެކަކު ބުނީ އެތަނަށް އެމީހުން ކިޔަނީ މަސްޖިދުއް 'ލަސްލަސް' ކަމުގައެވެ. އަނެއް މީހާ ބުނީ ތިޔާ ތަނަކާ ކައުންސިލުން 'ލޮބާޑި' ލާތާ މިހާރު 3 އަހަރު ވެދާނެކަމަށެވެ.

މިދެ މީހުން ވެސް މަޖާޒީ ގޮތުން އެސިފަކުރަނީ އެތަނުގެ މަސައްކަތް ކޮންމެ ސަބަބަކާ ލައިގެން ނަމަވެސް ދިގުލަމުންދާ ވާހަކައެވެ. އެކަމާ މެދު އެމީހުން ހިތްހަމަނުޖެހޭ ވާހަކައެވެ.

ބޮޑު އީދުގައި ދިޔަ ރަށެކެވެ. ހަވީރު ކަރަންޓު ދިޔަގޮތަށް ކަރަންޓު އައީ 6 ގަޑި އިރު ފަހުންނެވެ. ރަށު މީހުންބުނީ އެއީ އެމީހުން ލަފާކޮށްގެން ތިބިކަމެއް ކަމުގައެވެ. ރަށަށް ގިނަ ބަޔަކު އަރައިފިކަމުގައިވާނަމަ، މިހާރު ބޭނުންކުރަމުންދާ ޖަނަރޭޓަރުތަކަށް ބާރު ބޮޑުވާނެކަން މާކުރިންވެސް އެނގޭ ކަމަށާއި އެކަމާ މެދު ފަރުވާކުޑަ ކުރީކަމަށެވެ.

މި ދެރަށުގައިވެސް އެއްކަމެއް ފާހަގަވިއެވެ. ބޮޑު އީދަށް ރަށަށް ކުރަމުންދާ ހޭދައެވެ. މިލިއަނުން ފައިސާ ހޭދަކުރަންދާ އިރު، ރަށުގެ އިޖްތިމާއި ކަމަކާއި އަދި ރަށުގެ އެންމެންގެ ދިރިއުޅުމާއި ގުޅުން ހުރި ކަންކަމާއި މެދު ކޮންމެވެސް ސަބަބަކާ ހުރެ މިވަނީ އަޅާ ނުލެވިތާއެވެ.

ހަޤީޤަތަކީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ކުރަން ބޭނުންކަންތައް ކޮށް އުޅޭކަމެވެ. އެކަން ނުވާނަމަ އެކަމެއް ހާސިލްކުރުމަށްޓަކައި އެއްގޮތުން ނޫނީ އަނެއްގޮތުން އެކަމާ މެދު މަސައްކަތް ކުރަމުންދެއެވެ. ނަމަވެސް އޭގެ ބައެއްކަންކަން ކުރަމުންދަނީ ތިމާ ހަޤީގަތުގައި 'ކުރަން ޖެހޭ' ކަންކަމާ މެދު ފަރުވާލެއް ބެހެއްޓުމެއް ނެތިއެވެ. އެހެން ވުމުގެ ސަބަބުން މިފަދަ ކަންކަން އޮންނަނީ ފަހަށް ބޭއްވިފައެވެ.

އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުގެ ވައްޓަފާޅިތައް، އެންމެންނާ ގުޅުންހުންނަ ކަންކަމަށް ފައްތަން އުޅޭނަމަ އެކަމުގެ އުނދަގޫ އެންމެނަށް ފޯރާ ހިސާބަށް ދިޔުމުން އޭގެ އުނދަގޫ ގިނަ ބަޔަކަށް ފޯރާނޭ ކަންކަމަށް ވަނީއެވެ.

އާއްމު ރައްޔިތުންނާއި ގުޅުން ހުންނަ ކަންކަމުގައި މިނޫންގޮތަކަށް އަމަލުތައް ބެހެއްޓުމަކީ އޭގެ ހެޔޮ ނަތީޖާ އެންމެނަށް ލިބޭނޭ ކަންކަމެވެ.